ލ. ގަމު ތުނޑީ އަވަށުގެ ބަނދަރު ހެދުމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީއިން ބުނީ އެ މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތުގެ 97 ޕަސެންޓު ނިމިއްޖެކަމަށެވެ. އަދި ހާބަރ ޕޭމަންޓް ހެދުމުގެ މަސައްކަތުގެ 49 ޕަސެންޓު ނިމިފައިވާކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.

ގަމު ތުނޑީ އަވަށުގެ ބަނދަރުހެދުމުގެ މަސައްކަތަކީ ޖުމުލަ 24.71 މިލިޔަން ރުފިޔާގެ މަސައްކަތެކެވ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 2021 އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

ތުނޑީ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރު މާރިޗް މަހުގެ29 ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ ދަށުން 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭމްނަޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.