ފާއިތުވި އަށް އަހަރު ދުވަސް ވަންދެން ނޭޕާލު ސިފައިންނަށް ވަޒަން ވިއްކަމުން ދިޔައީ ޗައިނާއިން ނެވެ. މިހާރު އިންޑިއާގެ އަމިއްލަ ކުންފުންޏަކުން ވަނީ ނޭޕާލް ސިފައިންގެ އެސޯލްޓް ރައިފަލްތަކަށް ވަޒަން ވިއްކާން ނިންމާފައެވެ. އެއީ ދެ ސަރުކާރު ދެމެދު އެއްބަސްވެފައިވާ ކޮންޓްރެކްޓެއްގެ ދަށުން ސަޕްލައި ކޮށްދޭ ވަޒަން ތަކެވެ.

އިންޑިއާގެ ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި ޗައިނާގެ ކުންފުނިތަކުން ހުށަހެޅި ބިޑްތައް ނާކާމިޔާބު ކޮށް އެ ކޮންޓްރެކްޓް ކާމިޔާބުކުރީ ބެންގަލޫރުގައި ހުންނަ އެސްއެސްއެސް ޑިފެންސް އެވެ.

ނޭޕާލް ސިފައިން އިންޑިއާއިން ވަޒަން އެތެރެކުރިއިރު، އިންޑިއާއިން އުފައްދާ އިންސާސް ރައިފަލްތައް އެތެރެ ކުރިއެވެ. ފަހުން ނޭޕާލް ސިފައިން ވަނީ އޭގެ ބަދަލުގައި ކޮރެއާ އާއި އެމެރިކާއިން އުފައްދާ އެމް4 އާއި އެމް16 ރައިފަލް އެތެރެ ކޮށްފައެވެ.