ޗައިނާގެ އަސްކަރީ 20 މަތިންދާބޯޓާއި ކަނޑުގެ ސިފައިންގެ ތިން ބޯޓެއް ޓައިވާނުގެ ވަށައިގެން އިއްޔެ ހަވީރު ބުރުޖަހާފައިވާ ކަމަށް ޓައިވާންގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް (އެމްއެންޑީ) އިން ބުނެފި އެވެ. ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ 20 މަތިންދާބޯޓުގެ ތެރެއިން އެއް ޝާންސީ ވައި-8 އެންޓި ސަބްމެރިން ހަނގުރާމަ މަތިންދާބޯޓާއި ޝާންސީ ވައި-8 ރިކޮނައިސަންސް ބޯޓު ފެނިފައި ވަނީ ޓައިވާނުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީޒް) ގެ ހުޅަނގު ދެކުނު ކަނުން ކަމަށް އެމްއެންޑީން ބުނެއެވެ.

އޭގެ ރައްދުގައި ޓައިވާނުން ކޮމްބަޓް ޕެޓްރޯލް މަތިންދާބޯޓާއި ކަނޑުގެ ބޯޓުތައް ފޮނުވައި، ރޭޑިއޯ އިންޒާރު ދިނުމުގެ އިތުރުން ޕީއެލްއޭގެ މަތިންދާބޯޓާއި އުޅަނދުތައް މޮނިޓަރ ކުރުމަށް ބިމުގައި ހުންނަ މިސައިލް ސިސްޓަމްތައް ބޭނުންކުރި ކަމަށް ވެސް ޓައިވާނުން ބުނެއެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުގެ 266 މަތިންދާބޯޓާއި ކަނޑުގެ ސިފައިންގެ 71 މަނަވަރު ޓައިވާނުގެ ވަށައިގެން އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ބުރުޖަހާފައި ވެއެވެ. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ޓައިވާނުގެ ވައިގެ ސަރަހއްދަށް އާންމުކޮށް މަތިންދާބޯޓު ފޮނުވައިގެން އުދަނގޫ ކުރުން އިތުރުކޮށްފައެވެ.