އިންޑޮނޭޝިއާގެ ބާލީގައި އޮންނަ ޖީ20 ސަމިޓަށް ވަޑައިގަންނަވާ މަގުމަތީގައި ނޮވެމްބަރު މަހުގެ މެދުތެރޭގައި ސައުދީ ވަލީއަހުދު އަދި ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްކށްފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅެއްކަމަށް ސައޫދީ މީޑިއާއިން ބުނެއެވެ. މި ދަތުރުފުޅު އޮންނާނީ ނޮވެމްބަރު 14 ގައެވެ.

މަސްދަރުތަކުން ބުނެފި އެވެ.

ސެޕްޓެމްބަރު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މެދުވެރިކޮށް ސައޫދީ ވަލީ ޢަހުދަށް އިންޑިއާ ބޮޑު ވަޒީރު ވަނީ އިންޑިއާއަށް ވަޑައިގަތުމަށް ވަލީ ޢަހުދަށް ދަޢުވަތު އަރުވާފައެވެ.

ތެޔޮ އުފެއްދުން މަދުކުރުމަށް އޯޕެކް+ އިން ނިންމި ނިންމުމާއެކު ސައުދީގެ އެނާޖީ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސަލްމާން ވެސް ވަނީ މި ހަފްތާގައި އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ.

އަބްދުލްއަޒީޒު ބިން ސަލްމާން ވަނީ އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕީޔޫޝް ގޮޔާލް އާއި އޮއިލް މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ، އަދި ޕަވަރ މިނިސްޓަރު އާރްކޭ ސިންގް ހިމެނޭ ގޮތަށް އިންޑިއާގެ އިސް ވަޒީރުންނާ މަޝްވަރާ ކުރައްވާފަ އެވެ.