ރ. މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީ ބުނީ ދެން ކުރިއަށްއޮތީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެެވެ.

މި މަޝްރޫޢުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.