އިޒްރޭލުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި ޔޫއޭއީއާއެކު ގުޅުން ގާއިމް ކުރުމުން އިޒަރޭލުގެ ވިޔަފާރިވެރިންނަށް ރަން ދޮރެއް ވަނީ ހުޅުވިގެން ގޮސްފައެވެ. މި ގުޅުމުގެ ސަބަބުން އެންމެ ބޮޑަށް އުފާފާޅުކުރާ ބަޔަކީ އިޒްރޭލުގެ ޖަވާހިރުގެ ވިޔަފާރި ކުރާ މީހުންނެވެ.

ޔޫއޭއިއަކީ ޖަވާހިރުގެ ވިޔަފާރީގެ ނާރެހެކެވެ. އިންޑިއާއާއި އެހެން އަރަބި ގައުމުތަކާއި އެފްރިކާއިން އަންނަ ޖަވާހިރުތައް ދުނިޔެއަށް ފެތުރިގެންދާ މަރުކަޒެވެ.

މިދިޔަ އަހަރު ޔޫއޭއީން ވަނީ 21.2 ބިލިއަން އެމެރިކާ ޑޮލަރުގެ ޖަވާހިރުގެ ވިޔަފާރި މުއާމަލާތުތައް ހިންގާފައެވެ. އަދި އިޒްރޭލުން 12 ބިލިއަން ޑޮލަރުގެ ޖަވާހިރުގެ ވިޔަފާރި މުއާމަލާތު ހިންގާފައި ވެއެވެ. މީގެ ކުރިން ތިންވަނަ ފަރާތެއް މެދުވެރިކޮށް ޔޫއޭއީން ޖަވާހިރުގަތުމަށް އިޒްރޭލުން މަސައްކަތް ކުރިނަމަވެސް، މިހާރު އިޒްރޭލުގެ ވިޔަފާރި ވެރިން ވަނީ އޫއޭއީގައި އެމީހުންގެ ވިޔަފާރި މަރުކަޒުތައް ހުޅުވުމަށް ނިންމާފައެވެ.