އެމެރިކާއަށް ސައޫދީން ކަނޑައަޅުއްވާފައިވާ ސަފީރު ރީމާ ބިންތި ބަންދަރު ވިދާޅުވީ ސައޫދީ އަރަބިއްޔާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލައަކީ "ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، އެއީ އިގްތިސާދީ މައްސަލައެއް" ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން މުރާޖައާ ކުރުމަކީ "އެދެވިގެންވާ" ކަމެއް ކަމަށެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރާ އިޝާރާތް ކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގެ މައްސަލަ ސިޔާސީ ކުރަން ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ސިޔާސީ ކަމެއް ނޫން ނެވެ. އަދި ދެ ގައުމުގެ ގުޅުމަކީ 40 50 އަހަރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި ސައޫދީން އަބަދުވެސް މަސައްކަތް ކޮށްފައި ވާނީ ހަކަތައިގެ ބާޒާރުގައި ހަމަޖެހުން ގާއިމް ކުރުމަށް ކަމަށެވެ.
ރަޝިޔާއާއަށް ސައޫދީ ސަރުކާރުން ބުރަވަނީތޯ ސުއާލު ދެންނެވުމުން ވިދާޅުވީ ސައޫދީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދާއިރާއަކުން ވެސް އެންމެންނާއި އަދި ސައޫދީއާ އެއްބަސްވާ މީހުންނާއި އަދި ދެބަސްވާ މީހުންނާއެކުވެސް މުއާމަލާތް ކުރުމުގެ ސިޔާސަތެއް ގެންގުޅުން ކަމަށެވެ. ރަޝިޔާއާ އަޅުގަނޑުމެން އޮންނަ ގުޅުމަކީ އެގޮތަށް އޮންނަ ގުޅުމެއް ކަމުގަައި ސީއެންއެންގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ސައޫދީން ޔުކްރެއިންއަށް ވެފައިވާ އެހީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫކްރޭނަށް އިންސާނީ އެހީގެ ގޮތުން ތާއީދުކޮށް 400 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފައި ވާނެ ކަމަށާއި ޔޫކްރޭން ދޫކޮށް ޕޮލެންޑަށް ހިޖުރަ ކުރި މީހުންގެ ކަންކަން ސައޫދީން ބަލަހައްޓައި ދިން ކަމަށާއި އަދި އެމީހުންގެ ޚަރަދަށް 10 މިލިއަން ޑޮލަރު ދިން ކަމަށެވެ.
ސައުދީ އަރަބިއްޔާއާ އެމެރިކާއާ އޮންނަ ގުޅުމާ ބެހޭ ގޮތުން އަމީރާ ރީމާ ވިދާޅުވީ އެމެރިކާއާ ގުޅުމެއް ނުބާއްވައި ދުނިޔެއަކާ ގުޅުމެއް ނު ބޭއްވޭނެ ކަމަށެވެ. އެކަމަނާ ވިދާޅުވީ އެމެރިކާއަކީ އެމެރިކާ ކަމަށެވެ. އަދި އެއީ ސައޫދީ އަރަބިއްޔާގެ 80 އަހަރުގެ ސްޓްރެޓެޖިކް އެކުވެރިޔާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ވަރަށް ގިނަ ބަޔަކު އެމެރިކާއާ ސައޫދީއާއެކު އޮންނަ ގުޅުން އިސްލާހުކުރުމުގެ ނުވަތަ މުރާޖަޢާކުރުމުގެ ވާހަކަ ދައްކާ އަޑު އިވި ވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަނާ ވިދާޅުވީ ހީވަނީ އެއީ ޕޮޒިޓިވް ކަމެއް ކަމަށެވެ.
އެމޭރުމުން ވާހަކަ ދައްކަވަމުން އަމީރާ ރީމާ ވިދާޅުވީ މިއަދުގެ ސައޫދީ އަރަބިއްޔާއަކީ މީގެ 5 އަހަރު ކުރިން އޮތް ސައޫދީ އަރަވބިއްޔާއެއް ނޫން ކަމަށެވެ. އަދި އެއީ މީގެ ދިހަ އަހަރު ކުރިން އޮތް ސައޫދީ އަރަބިއްޔާއެއްވެސް ނޫން ކަމަށެވެ. އެހެންވެ ދެ ގައުމުގެ ގުޅުން މުރާޖައާ ކުރުން މުހިންމު ކަމުގައި އަމީރާ ވިދާޅުވިއެވެ.