https://youtu.be/S1lB4ii2igQ

ދުނިޔޭގެ އެންމެ މުޑުދާރު މީހާ ނިޔާވެއްޖެއެވެ. ފެނާއި ދުރުކަމުން ދުނިޔޭގެ އެންމެ މުޑުދާރު މީހާގެ ލަގަބު ހޯދާފައިވާ މީހާ އަކީ އީރާނުގެ 94 އަހަރުގެ ފިރިހެނެކެވެ.

އައްމޫ ހާޖީގެ ނަމުން މީހުން ދަންނަ މީހާ ފެން ނުވަރާތާ ބައިގަރުނަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށް އީރާންގެ މީޑިއާ ބުނެއެވެ. އެނާ ދިރި އުޅުނީ އީރާންގެ ފާސް ޕްރޮވިންސްގެ ޑެޒްގާ އަވަށުގައެވެ.

އައްމޫ ހާޖީ ފެނާ ދުރުގައި އުޅުނީ ފެންވެރުމުން ބަލިވެދާނެތީ ބިރުންނެވެ.

އޭނާގެ ލޯބި ވެރިޔާ ކައިވެނި ކުރާން ދެކޮޅު ހެދުމުން އެކަހެރި ދިއިއުޅުމެއް އިޚުތިޔާރު ކުރި އައްމޫ ހާޖީ އަށް ކާނާވެސް ކަމަކު ނުދެއެވެ. އޭނާ ކާން ޖެހެނީ މުޅަ އަދި ކުނިވެފައި ހުންނަ ތަކެއްޗެވެ.

އީރާނުން 2013 ވަނަ އަހަރު "ދަ ސްޓްރޭންޖް ލައިފް އޮފް އަމޯ ހައްޖީ" ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްފައިވެ އެވެ.

އަވަށުގެ މީހުން އަންމޫ ހާޖީ ފެންވަރުވަން ގެންދިއުމުން އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ.