ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އާލަސާނީ ވިދާޅުވީ ވޯލްޑް ކަޕް ބޭއްވުމުގެ ޝަރަފު ގަތަރަށް ލިބުނު ފަހުން ގަތަރަށް ކުރިން ނުފެންނަ އަދާވާތްތެރިކަމަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެމައްސަލަތަކުގައި ކެތްތެރިކަމާއެކު ޤަތަރުން މުއާމަލާތު ކުރި ކަމަށެވެ. ނަމަވެސް ފަހުން ފެނިގެން ދިޔއީ، ޤަތަރާ ދެކޮޅަށް ކެމްޕޭން ކުރިއަށް ގެންގޮސް ބަދުބަސް ބުނުމާއި ޑަބަލް ސްޓޭންޑަޑްތައް އެފަރާތްތަކުން ގެންގުޅެމުން ދިޔަ ތަނެވެ.
ޤަތަރުގެ ޝޫރާ މަޖިލިސް ގެ އައު ދައުރު އިފްތިތާހު ކޮށްދެއްވަމުން ވިދާޅުވީ ޤަތަރުގެ އިގްތިސާދީ ތަރައްގީ ރަގަޅަށް ކުރިއަށް ދާކަމަށާއި އަދި ދުނުޔޭގެ އެހެން ގައުމުތަކުގައި އިންފްލޭޝަން އުޅޭ ވަރަށް ވުރެން ޤަތަރުގެ އިންފްލޭޝަން މާދަށް ކަމަށެވެ.