ގދ. ފަރެސްމާތޮޑާގައި ހަދަމުންދާ ނޭޗަރޕާކުގައި އޮންނަ ކުޅި ސާފުކުރުމުގެ މަސައްކަތް އެރަށު ޒުވާނުން ނުކުމެ ކޮށްފިއެވެ.
އެރަށު ޒުވާނުންވަނީ ޕާކު ސަރަހައްދުގައި ހިމެނޭ ކުޅީގައިހުރި ކުންޏާއި ހެދިފައިވާ ލޮޓަސް ނަގައި ސާފުކޮށްފައެވެ. މިއީ ޕާކު ހުޅުވަންވާއިރަށް ތައްޔާރުވުމުގެ ގޮތުން ކުރި މަސައްކަތެކެވެ.
ފަރެސްމާތޮޑާ މާތޮޑާ އަވަށުގައި ހަދަމުންދާ ނޭޗަރޕާކަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަމުންދާ ތަނެއް ކަމަށް އެނގިފައިވެއެވެ. ނިސްބަތުން ބޮޑު ސަރަހައްދެއްގައި ތަރައްގީ ކުރަމުންދާ ޕާކުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ ކުޅިއަކީ ރަސްމީކޮށް ހިމާޔަތް ކޮށްފައިވާ ތަނަކަށް ނުވިޔަސް އެތަނަށް އަންނަ ދޫނިތަކާއި ދޫނިތައް އަޅާ ބިހަށް އެތަންވަނީ ރައްކާތެރި މާހައުލަކަށްވެފައެވެ. އެއްވެސް ބަޔަކު އެއަށް ގެއްލުންދީ ފަހައި ނުހަދައެވެ. އެހެން ކަމުން އެތަނަށް އަންނަ ދޫނިތަކުގެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސައްކަތް ކުރަމުންދަނީ އަންނަޖެނުއަރީމަހު އެތަން ހުޅުވުމަށެވެ. ހުޅުވައިދެއްވާނީ އިންޑިއާ ސަފީރު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ތިތަން ސާފުކުރާކަށްނާދެ ޒުވާނުނެއް. ހަމައެކަނި މުއައްސަސާ ތަކުގެ މީހުން ދިޔައީ.