މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އައު އޮފީސް ރޭ ހުޅުވައިފިއެވެ. އައު އޮފީސް ހުޅުވީ މަޖީދީމަގުގައި ހުންނަ މއ. ކެލާވީގެ ފުރަތަމަ ފަަންގިފިލާގައި ކަމަށް އެޕާޓީން ބުންޏެވެ.
ރޭ 8:30 ގައި ބޭއްވި ހަފްލާއެއްގައި އައު އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.
އެމްއެންޕީގެ އައު އޮފީސް ހުޅުވާފައިމިވަނީ އެ ޕާޓީއަށް އެއް އަހަރު ފުރުނު ދުވަހުއެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޕާޓީއަށް އެއް އަހަރު ފުރުނުއިރު ޕާޓީން ވަނީ ކުރު މުއްދަތެއްގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފައި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭއްވި އެތައް އިންތިޚާބެއްގައި ވާދަކޮށް އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކުރިއަށްއޮތް ދެތިން މަސްތެރޭގައި އެމްއެންްޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނޭ ކަމަށާއި އެ ޕްރައިމަރީގައި ނާޒިމް ވާދަ ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.