ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވައްކަން ނުކުރައްވާ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ވައްކަން ނުކުރެއްވިޔަސް ހުރިހާ ނަމެއް އަޅުވަނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެކަނި ކަމަށެވެ.

ހުކުމް ކުރެއްވީ ވެސް އެމަނިކުފާނަށް އެކަނި ކަމަށް ވިދާޅުވިއެވެ. "އެ ބީދައިން ބަލާއިރު މިދައުރުގައި ހިނގާ ހުރިހާ ވައްކަމެއްގެ ޒިންމާ އުފުލަންވާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު،" މުސްތަފާ ވިދާޅުވިއެވެ.

ރައީސް ސާލިހު ހުންނަވަނީ ވައްކަން ކުރުމުގެ ފުރުސަތު ސަރުކާރުގެ ކުންފުނިތަކަށް ދެއްވައިގެން ކަމުގެ ތުހުމަތު ވެސް މުސްތަފާވަނީ ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އެގޮތަށް ދޫދެއްވައިގެން ހުންނެވުމުން ރައީސަށް ވެސް އޭގެ ބައި އެޅޭ ކަމަށެވެ. ވެންޓިލޭޓަރުތައް ވެސް ގެއްލުނީ ރައީސްގެ ސަބަބުން ކަމުގެ ބޮޑު ތުހުމަތު މުސްތަފާ ވަނީ ރައީސް ސާލިހުގެ އިސްތަށިފުޅުގައި އަޅުވައިފައެވެ.