ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހއ. މުރައިދޫގައި ތަރައްގީ ކުރަމުންދާ ބަނދަަރުގެ ހާބަރ ޕޭވްމެންޓް މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނީން ބުނެފައިވަނީ އައު ހާބަރ ޕޭވްމެންޓް މަސައްއަތުގެ ވެސް %95 މަސައްކަތް ނިމިފައިވާ ކަމަށެވެ. މުޅި މަޝްރޫގެ %60 ވަނީ މިހާރު ނިމިފައިވާ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ. މިއީ ސަރުކާރުން 36.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން:
- 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
- 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
- 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުން
- 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
- ބަނދަރާއި ނެރު ފުންކުރުން
- ރޭމްޕެއް ހެދުން
- ވޯރކްވޭ ބްރިޖެއް ހެދުން
- ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެެނެއެވެ.