ފާއިތުވި އަހަރުތަކާއި އަޅާ ބަލާއިރު މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަަރށް ބޮޑަށް އިތުރުވެއްޖެ ކަމަށް ޓްރެވަލް ޓްރޭޑް މޯލްޑިވްސް އިން ބުނެފިއެވެ.

ޓީޓީއެމް އިން ބުނީ ފާއިތުވި އަހަރު ރާއްޖެއަށް އައީ 1،321،937 ފަތުރުވެރިންކަމަށެވެ. އެހެން ނަމަވެސް އޮކްޓޫބަރ 27 އާހަމައަށް ރާއްޖެ އައީ ފަތުރުވެރިންގެ އަދަދު 1،317،573 އަށް އަރައިފި ކަމަށް ޓީޓީ އެމް އިން މިއަދު ބުނެފިއެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 33.4 ޕަސަންޓް އިތުރު އަދަދެކެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިޔާ އިންނެވެ. އެގޮތުން ޓްވަރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އެގައުމުން 14.1 ޕަސަންޓް ފަތުރުވެރިން މި އަހަރު ރާއްޖެ އައިސްފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ކަމަށް ރެކޯޑް ކުރެވިފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 12.1 ޕަސަންޓް ފަތުރުވެރި އައިސްފައި ވެއެވެ.

ރާއްޖެއަށް މިހާރު ފަތުރުވިރިން ޒިޔާރަށް ކުރާ މިންވަރަށް ބަލާއިރު ޓްވަރިޒަމް މިނިސްޓްރީއިން ކަނަޑައަޅާފައިވާ "ޓާގެޓަށް" ވާޞިލު ވެވެން ވަރަށް ކައިރިވެއްޖެ ކަމަށް ޓީޓީއެމް އިން ބުންޏެވެ