ސިންގާއެއްގެ ކަރުގައި ޗޭއްނެއް އައްސައިގެން އަންހެނަކު މަގެއްމަތީގައި ހިނގަމުންދާ ވީޑިއޯއެއް އިންޓަނެޓްގައި އާންމު ވެއްޖެއެވެ. ހަމަ އެހެންމެ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިއްޖެއެވެ.

ޙަލީލް އަޙްމަދު ނަމަކަށް ކިޔާ މީހަކު އިންސްޓަރގްރާމުގައި ހިއްސާކުރި މި ވީޑީއޯ މިހާތަނަށް 10.9 މިލިޔަން މީހުން ބަލައިފިއެވެ. އަދި 1،471 މެސެޖް (ކޮމެންޓް) ކޮށްފައި ވެއެވެ.

އަންހެންމީހާ ސިންގާ ގޮވައިގެން ހިނގާފާ ދިޔައިރު އޭނާގެ މޫނުމަތިން ޖެހިލުންވެ، ބިރުގަންފައިވާ ކަމުގެ ޝުޢޫރެއް ނުފެ ނެއެވެ. އަދި އޭނާ ސިންގާ ގައިގައިގައި ފިރުމަމުން ދާއިރު އެސޮރުވެސް އޭނާއަށް ނުރައްކާވާޒާތުގެ އެއްވެސް ޢަމަލެއް ނުކުރެއެވެ. ހަމަ އެހެންމެ މި މަންޒަރު ވީޑިއޯ ކުރަމުންދާ މީހާ އަށްވެސް ނުރައްކާވާނެ ޢަމަލެއް އެ ސިންގާ ނުކުރެއެވެ.

މި ވީޑިއޯއަށް "ކޮމެޓް" ކުރި ބައެއް މީހުން ލިޔެފައިވަނީ ސިންގާ އަކީ ނުރައްކާތެރި ޖަނަވާރެއް ކަމަށެވެ. އަދި ވިސްނައިގެން އުޅުމަށް ނަސޭހަތް ތެރިވެފައި ވެއެވެ. އަނެއްބަޔަކު ތިޔަ ޖަނަވާރަކީ ކުޅޭ ކުޅޭ އެއްޗެއް ނޫންކަމަށް ލިޔެފައި ވެއެވެ. ބައެއް މީހުން ހިއްސާ ކޮށްފައިވާ ލިޔުންތަކުގައި މި ވީޑިއޯ ނަގާފައިވަނީ ކޮންތަނެއްގައިތޯ ސުވާލުކޮށްފައި ވެއެވެ.

މި ވީޑިއޯ ނަގާފައި ވަނީ ޖަނަވާރުން ގެންގުޅޭ ޒުލެއްގެ މަގެއްގައި ކަމަށްލަފާ ކުރެވެއެވެ. މިއީ އިންޓަރނެޓް ގައި އާންމު ވާ ގިނަ ވީޑިއޯ ތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯއެއްކަން ފާހަގަ ކޮށްލެވެއެވެ.