ނ. އަތޮޅު ހޮޅުދޫ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލު ކޮށްފިއެވެ.
އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މަސައްކަތުގެ އަގަކީ ހަތްދިހަ އެއްމިލިއަން އަށްޑިހަ ނުވަހާސް އެއްސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރިއެވެ.
މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 450 ދުވަހެވެ.
މަސައްކަތުގެ ބައެއް ތަފްސީލް:
- 4.3 ކިލޯ މީޓަރުގެ މަގުތަކގުގައި ތާރު އެޅުން
- މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުން
- މަގު ބައްތި ޖެހުން
މި މަޝްރޫގެ އެއްބަސްވުުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މޫސާ މަނިކެވެ.