ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފިއެވެ. އެ ކުންފުންޏާ މިމަސައްކަތް ހަވާލު ކުރެއްވީ 220 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 15,660,758.00 ރުފިޔާއެވެ.

މި އެއްބަސްވުމުގެ ދަށުން އެރަށުގެ އުތުރުފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމަށް 45 މީޓަރގެ 8 ޓީ-ގްރޮއިން ގާއިމް ކުރާނެއެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

މި މަޝްރޫއު ނިމޭއިރު އެރަށުން ގިރަމުންދާ ސަރަހައްދު އެއްކޮށް ހިމާޔަތް ކުރެވިގެންދާނެއެވެ.