މ. އަތޮޅު މުލީގައި އަޅަމުންދާ އެއަރޕޯޓު ޓާރމިނަލް އިމާރާތުގެ ފައުންޑޭޝްން މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށް އެމަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީން ބުނެފައިވަނީ މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ވެސް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށެވެ.

މިއީ މި މަޝްރޫޢަކީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން:

  • 14 ހެކްޓަރުގެ ބިން ހިއްކުން
  • 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން
  • 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އެޅުން
  • ޓެކްސީވޭއެއް އެޅުން
  • އޭޕްރަންއެއް ހެދުން ހިމެނެއެވެ.