އެމް.އާރް.އެމް އިން މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަސްރުގެ ދުވަހުގެ ޖަލްސާ ފަސްކޮށްފިއެވެ. އެޕާތީން ބުނީ ޖަލްސާ ފަސްކުރީ އެޕާޓީގެ ރައީސް ފާރީޝް މައުމޫނުގެ އާއިލީ ބޭފުޅަކު ނިޔާވުމާ ގުޅިގެން ކަމަށެވެ.

ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނޭ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. "މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެއްތެރިކަން ދެއްވާ، މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ޙަޞްރަތު ގައި ދުޢާ ދަންނަވަމެވެ." އެމްއާރު އެމްއިން ބުނެފައިވެއެވެ.

ނިޔާވެފައިވަނީ އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫނާ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށްވާ ޒިޔާ އައްބާސް އެވެ.