ސަރުކާރުން 45.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށެވެ. މުޅި މަޝްރޫއުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެކުންފުނީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން:

  • ބަނދަރު ފުންކުރުން
  • 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • ރޭމްޕެއް ހެދުން
  • 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެެވެ.