ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ޖަލްސާއެއް ބާއްވަން ނިިންމައިފިއެވެ.

އެޕާޓީން ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 9:00 ގައެވެ. ޖަލްސާ އޮންނާނީ އެޕާޓީގެ ޖަގަހަ މއ. ކެެލާވީ ގައެވެ. މި ޖަލްސާގައި ބައިވެރިވުމުގެެ ދައުވަތު އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ފަރާތުން ވަނީ އާންމުކޮށް ދެއްވައިފިއެވެ.

ނަސްރުގެ ދުވަހަކީ 1998 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ބަޔަކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހީންނަށް ލިބުނު ކާމިޔާބީ ފާހަގަކުރާ ދުވަހެވެ. އެ އުދުވާނުގައި 19 ދިވެހީން ވަނީ ޝަހީދުވެފައެވެ. އެދުވަހުގެ ހަނދާންތައް އަދިވެސް އެންމެހާ ދިވެހީންނާއި ޝަހީދުންގެ އާއިލާތަކުން ފިލައިގެން ނުދެއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ހަރަކާތެއް މާދަމާ ހަވިރު ޕީޕީއެމް/ޕީއެންސީން ވެސް ކުރިއަށް ގެންދާނެއެވެ. އެ ދެ ޕާޓީގެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަން ހަވީރު 4:00 ގައި މަސްމާރުކޭޓު ސަރަހައްދުންނެވެ.