މިއަހަރު ރާއްޖޭގައި ފާހަގަ ކުރާ 42 ވަނަ މަސްވެރީންގެ ދުވަސް ގދ. ފަރެސްމާތޮޑާގައި ފާހަގަކުރަން ސަރުކާރުން ނިންމުމުން އެކަމަށް ތައްޔާރުވުމުގެ މަަސައްކަތް އެރަށުގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ފަށައިފިއެވެ.

މި މަސައްކަަތުގެ ދަށުން މިހާރު އެންމެ ފޯރީގައި ކުރިއަށްދަނީ ރަށް ސާފުކުރުމުގެ މަސައްކަތް ކަމަށް އެރަށުގެ ކައުންސިލުން ވިދާޅުވިއެވެ. ސާފު ކުރުމުގެެ މަސައްކަރުގައި ފަރެސްމާތޮޑާ މަސްވެރިންނާއި ދެ ޖިންސުގެ ޒުވާނުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް ވެސް ކައުންސިިލުން ވިދާޅުވިއެވެ.

ސާފުކުރުމުގެ މަސައްކަތަކީ ކައުންސިލުން ރާވާފައިވާ ސިލްސިލާ މަސައްކަތްތަކެކެވެ. އެގޮތުން ސިލްސިލާ މި ޕްރޮގްރާމްގައި އެރަށު ރަންކުރިދޯނިން މިއަދުވަނީ ބައިވެރިވެ ނަމޫނާ ދައްކައިފައެވެ. ކުރިއަށްއޮތްތަނުގައި ވެސް މިހަރަކާތުގައި އިތުރު މަސްވެރިން ބައިވެރިވާނޭ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.