މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސައުތު ރީޖަންގެ ޓީމު ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ދަތުރެއް ފަށައފިއެވެ.

މިއީ ޕާޓީގެެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ ދަތުރެކެވެ. މި ދަތުރުގައި މެންބަރޝިޕް އިތުރު ކުރުމުގެ އިތުރުން އައު ރަށްތަކަށް ޕާޓީ ތަޢާރަފުވެލުން ވެސް އޮންނާނެ ކަމަށް އެމްއެންޕީން ބުނެފައިވެއެވެ.

މިދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފެވެ. އެމްއެންޕީއަކީ އަލަށް އުފެއްދި ޕާޓީތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އަދި އެންމެ އަވަހަށް ކުރިއަރަމުންދާ ޕާޓީކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ޕާޓީއަށް އަހަރެއް ފުރުނުއިރު ވަނީ މެމްބަރޝިޕް އަށްހާހަށްވުރެ އިތުރުކޮށްފައެވެ. ރާއްޖޭގެ އެކިރަށްރަށަށް ދަތުރުކޮށް މިހާރުވެސް އިތުރު ފޯމްތައް އެޕާޓީން ވަނީ ފުރުމަށްފަހު އިލެކްޝަންސް އޮފީހަށް ހުށަހަަޅައިފައެވެ.

އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ހިންގަވާ ޕާޓީއެކެވެ.