އިންޖީނުގެ ތަކުގެ ބިޔަ ބޮޑު އޮޕަރޭޝަން އެންމެ މަތީ ފެންވަރުގައި ބާއްވައިގެން ރައްޔިތުންނަށް ހިދުމަތް ދޭން ސްޓެލްކޯއިން ކުރާ އެއްކަމަކީ މީހުން ބިނާކުރުން ކަމަށް އެކުންފުނީން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެގޮތުން އިންޖިނޭރުންނާއި ޓެކްނީޝަންނުން އިންޖީނުގޭގެ އެކި ދާއިރާތަކަށް ބިނާކޮށް ތާޒާ ކުރުމުގެ ފިލާވަޅުތައް ނަގައި ދިނުމަކީ އެކުންފުނީން ކުރާ މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އެކުންފުނީން ގެންދަނީ އިންޖީނުގެތައް ހިންގަމުންނެވެ. އެ މަސައްކަތް ކުރުމަށްޓަކައި ކަމާބެހޭ ދާއިރާތަކުން އިންޖިނިއަރުންނާއި ޓެކްނީޝަނުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ގެންދަނީ ތަމްރީން ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ލީޑްސްގައި ކުރިއަށްދާ ޝްނެއިޑަރ އިލެކްޓްރިކް ޕްރޮޓެކްޝަން ޕްރޮގްރާމްގައި ބައިވެރިވި ސްޓެލްކޯގެ އިންޖިނިއަރުންވަނީ ރިންގްމާސްޓަރ ސްވިޓްޗް ގިއަރސްއާ ގުޅޭ ތަމްރީންތަކެއް ވެސް ހަދާފައެވެ. މިފަދަ ޓްރެއިނިންގ ތަކުގެ ސަބަބުން މުވައްޒަފުންގެ ހުނަރު އިތުރުވެ، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނޭ ކަމަށް ވެސް އެކުންފުނީން ވަނީ ބުނެފައެވެ.