އިއްޔެ ބޭއްވި ބައިއިލެކްޝަންތައް އިދިކޮޅު ޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވީ ނ. މަގޫދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނާއި ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނެވެ.

މަގޫދޫ ކައުންސިލަށް އަންހެން މެމްބަރު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރެއްވީ އާމިނަތު ޔުމްނާ އަބްދުލްޣަނީއެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 124 ވޯޓު ހޯދައިގެންނެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ފަރީދާ ޚާލިދަށް ލިބުނީ 115 ވޯޓެވެ.

ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ޕީޕީއެމުން ވާދަކުރީ އާއިޝަތު ސާފިޔާއެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 200 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހުވައިލަތު ރަހީމާއަށް ލިބުނީ 181 ވޯޓެވެ.