ލާރިކޮޅެއް ބަހައިގެން ވަޒީފާއެއް އުފައްދައިގެން ދިވެހިރައްޔިތުން މިހާރު ނުގުޑާނޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އައްޑޫ ސިޓީއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ފޭދޫ އަވަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިއްޔެ ބޭއްވި ދެދާއިރާއެއްގެ ބައިއިލެކްޝަން ކާމިޔާބު ކުރެއްވުމަށް ސަރުކާރުން އެ ދެދާއިރާއަށ ބޭފުުޅުން ވަޑައިގެން ވަޒީފާ އުފައްދަވައި ފައިސާ ބަހައި ހެދި ކަމަށެވެ.
"އިއްޔެ އަކީ އަޅުގަނޑުމެންނަށް އުފާވެރި ދުވަހެއް. ދެ ދާއިރާއެއްގެ ބައިއިލެކްޝަން އަޅުގަނޑުމެން ކާމިޔާބުކޮށްފިން. އެ އިންތިޚާބުތައް ކާމިޔާބު ކުރުމަށް އެމްޑީޕީން ނުކުރަނީ ކޮންކަމެއްތޯ؟ އެ ދެދާއިރާއަށް ސަރުކާރުގެ ވަޒީރުން ވަޑައިގެންނެވި. އިންތިޚާބާ ދިމާކޮށް ދައިރާގައި ވަޒީފާތައް އުފެއްދެވި. އެކަމަކު ދަންނަވަންތޯ މިއަަދު ރައްޔިތުން ވިސްނުންހުރިގޮތުން އެގޮތަށް ވަޒީފާއެއްް އުފައްދައިގެން ލާރިކޮޅެއް ބަހައިގެން މިހާރަކު ރަައްޔިތުން ނުގުޑާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީން އެންމެފަހުން އިންތިޚާބެއް ބޭއްވި ކޮމަންޑޫ ދާއިރާގައި ކަމަށާއި އެހެނަސް އެދާއިރާގެ މީހުންނަށް ލިބުނީ ކޯއްޗެއްތޯއާއި ނުލިބުނީ ކޯއްޗެއްތޯ މިހާރު އެނގޭނޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. މިހާރު ސަރުކާރުން އެދާއިރާއަށް އަޅާވެސް ނުލާ ކަމަށް ވެސް ވިދާޅުވިއެވެ.