ބ. ކަމަދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް އެމް.ޓީ.ސީ އިން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވީ މިހާރުވަނީ ހާބަރގެ ބޭސިން ފުންކުރުމުގެ މަސައްކަތް %92 ނިމިފައި ކަމަށެވެ. އޭގެ އިތުރުން ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށް ވެސްް އެކުންފުނީން މައުލޫމާތު ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރުފުންކުރުން
  • 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 346 މީޓަރުގެސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • ހާބަރ ޕޭވްމަންޓް ހެދުން
  • ރޭމްޕެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން

އެމް.ޓީ.ސީ.ސީ އިން ހިންގާ މިމަޝްރޫޢަކީ 47.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.