ރ. އަތޮޅު އުނގޫފާރު ނެރު މިހާރު އޮތް ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

\މިއީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 41,980 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 162 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މިމަޝްރޫގައި ހިމެނިފައިވެއެވެ.

މިއީ 18.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.