އިލެކްޓްރިކް ހަ ބަސް އެމްޓީސީން މިއަދު މާލެ ގެނެސްފި އެވެ.
އެކުންފުނީން ބުނީ މިއީ ރާއްޖެ ޓްރާންސްޕޯޓް ލިންކު މަޝްރޫއުގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ދޭން ގެނައި ބަސްތަކެއް ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި ޖައްވަށް ބޭރުުކުރާ ވިހަ ގޭހުގެ މިންވަރު މަދު ބަސްތަކެކެވެ. މިއީ ތެޔޮ އެޅުމުގެ ބަދަލުގައި ޗާޖުކޮށްގެން ބޭނުްކުރެވޭ ގޮތަށް ފަރުމާ ކޮށްފައި އިލެކްޓްރިކް ބަސްތަކެކެވެ. މިއީ 11 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނެފައިވަނީ މިއީ ޖައްވު ހޫނުކޮށްލާ ވިހަ ގޭސް ރާއްޖެއިން ބޭނުން ކުރާ މިންވަރު މަދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ގެނައި ބަސްތަކެއްކަމަށެވެ. މި ބަސްތަކަކީ ޖައްވާދޫކުރާ ވިހަގޭސް މަދު އެއްޗެކެވެ. އަދި މި ބަސްތަކަށް ފުރޮޅުލީ ގޮނޑިވެސް އެރުވޭނޭކަމަށް އެމްޓީސީސީން ބުންޏެވެ. މި ފުލީޓާ އަލަށް ގުޅުނު މި ބަސްތަކުގެ ސަބަބުން ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތެެއް ދެވޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި ބަސްތައް ޚިދުމަތަށް ނެރެވޭނޭ ދުވަހެއް އެމްޓީސީސީން ހާމަކޮށްފައެއް ނުވެއެވެ.