ރައީސް މައުމޫނަކީ އިންތިއާއަށް އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކަރ" ޕްރޮގުރާމުގައި ރައީސް ޔާމީން ޖަލުގައި އޮންނަވާ މައްސަލައާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މައުމޫން ޖަލަށް ނުލެއްވީ މައުމޫން ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި މައުމޫނަކީ 30 އަހަރުގެ ދިގު ހުދުމުހުތާރު އަދި ދިވެހިންގެ ފިތްކަނޑައިގެންދާހާ އަނިޔާވެރި ވެރިކަމެއް ކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު އެކަން ބެލީ ތާރީހުގެ ފަށްފުށަށް ގެންދެވި، އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން" މައުމޫން ޖަލަށް ނުލެއްވި ސަބަބާ ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.