މަޝްހޫރު ޓެރަރިސްޓް ދާއޫދު އިބްރާހީމާއި ޚާލިސްތާންގެ ހަނގުރާމަވެރިން ހިމެނޭ ގޮތަށް ޕާކިސްތާނުން 21 ޓެރަރިސްޓަކަށް ވީއައިޕީ ދޭކަމަށް ތުހުމަތުކޮށްފިއެވެ.

ޕާކިސްތާނަކީ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްގެ ގްރޭ ލިސްޓްގައި ހިމަނާފައިވާ ގައުމެކެވެ. އަދި މިލިސްޓުން ނިކުތުމަށް ޕާކިސްތާނުން ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ އަންގާފައެވެ.

އޭއެންއައި ނިއުސް އިން ބުނިގޮތުގައި ޕާކިސްތާނުން ވީއައިޕީ ދޭ 21 ޓެރަރިސްޓުންގެ ތެރޭގައި ދާއުދު އިބްރާހީމާއި ބާއްބަރު ޚާލްސާ އިންޓަރނޭޝަނަލްގެ ވާދްވާ ސިންގއާއި އިންޑިއަން މުޖާހިދީން ޖަމާއަތުގެ ވެރިޔާ ރިޔާޒް ބަޓްކަލްއާއި މިރްޒާ ޝާދާބް ބޭގްއާއި ހަސަން ސިއްދީބާޕާ ހިމެނެއެވެ.

މި އެންމެނަކީވެސް ވޯންޓެޑް ޓެރަރިސްޓުންނެވެ.

އިންޓަރނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްގެ ގްރޭ ލިސްޓްގައި ޕާކިސްތާން ހިމަނާފައިވަނީ ޖީން 2018 އިން ފެށިގެންނެވެ.

ޓާސްކް ފޯސްއިން ހުށަހަޅާ މަނީލޯންޑަރިންއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ޓެރަރިސްޓުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތިން ފަހަރެއްގެ މަތިން އިސްލާމްއާބާދަށް ވަނީ މުއްދަތު ދީފައެވެ.

ޓާސްކްފޯސްއިން ހުށަހަޅާފައިވާ 27 ޕޮއިންތްގެ ތެރޭން ޕާކިސްތާނުން މިއަދާ ހަމައަށް ފުރިހަމަ ކޮށްފައި ވަނީ 14 ޕޮއިންޓެވެ. ބާކީ ހުރިކަންކަން ކުރުމަށް ސަރުކާރުން ދެކޭ ގޮތާއި އިދިކޮޅު ޕާޓީތަކުން ދެކޭގޮތުގައި ޚިޔާލު ތަފާތު ވުމެއް އުފެދިފައި ވެއެވެ.

އޮކްޓޯބަރު 2020 އާ ހަމައަށް ޕާކސްތާނުން ދެން ކުރަން ހުރިކަންކަން ފުރިހަމަ ކުރަން ޖެހެއެވެ.