ރާއްޖޭގެ ސިޔާސީ ލީޑަރުންގެ މަލާމާތާއި ފުރައްސާރަކުރާ ތަނަކަށް ފުލުހުންގެ ޚިދުމަތް ވެގެން ނުވާނޭ ކަމަށާއި އަދި ސިޔާސީ ލިޑަރުން އއެތނަށް މގެ މަލާމާތް ކޮށްގެން ވެސް ނުވާނޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ 2018 ވަނަ އަހަރަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި އެކަން ހުއްޓުވަން ފުލުހުން ނުފޮނުވާ ކަމަށާއި ފުލުހުން ފޮނުވީ ވޯޓު ގުނައިދޭން ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުނެވެ. އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެއިންތިޚާބުގައި އެމްޑީޕީން ވޯޓު އަޅާފައިވަނީ ކޮންކްރީޓު މެޝިންތަކަށާއި ބާލިދީ ތަކަށް ކަމަށެވެ. އެހެންވެ ފުލުހުން ފޮނުވީ އެމީހުންނަށް އެހީވެ ވޯޓު ގުނައިދޭން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެއީ ފުލުހުންގެ ޚިދުމަތަށް ކުރެއްވި މަލާމާތަކާއި ފުރައްސާރައެއް ކަމަށެވެ. އެ ޚިދުމަތަކީ ޑިމޮކްރަސީގެ މުހިންމު ބައެއް ކަމަށާއި ފުލުހުންނާއި އެ މުއައްސަސާ ނިކަމެތިވާނޭ ގޮތަށް ސިޔާސީ ލީޑަރަކު ވެެސް އެހެން މިހަކު މަސައްކަތް ވެސް އަދި ވާހަކަ ވެސް ދައްކައިގެން ނުވާނޭ ކަމަށް ވިދާޅުވިއެވެ،