ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން މިއަދު ބުނީ އެ މަސައްކަތުގެ ދަށުން، ބޭރުތޮށި ލުމުގެ %86 މިހާރު ވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން:
- 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން
- 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
- 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މިއީ ސަރުކާރުން 44.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.