މާލޭ އިންޑަސްޓްރިއަލް ޒޯނަކީ އެއްގަމު އުޅަނދުފަހަރު ދުއްވަން ދަސްކުރަން ބޭނުންކުރާ ސަރަހައްދަކަށް ނުހެދުމަށް ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ.

ފުލުހުން ވިދާޅުވީ އެ ސަރަހައްދަކީ ބަންޑާރަމަގެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހެވީ ވެހިކަލްތައް ދުއްވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން ދުއްވަން ދަސްކުރުމަށް އެސަރަހައްދު ބޭނުން ކުރުމަކީ ރައްކާތެރި ތަނެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ދުއްވަން ދަސްކުރުމަށްޓަކައި މިނިސްޓްރީއޮފް ޓްރާންސްޕޯޓުން ވަނީ ހުޅުމާލޭ ދެ ސަރަހައްދެއް އެކަމަށް ހަަމަޖައްސަވައި ދެއްވާފައެވެ. "އެހެން ކަމުން ދުއްވަން ދަސްކުރާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދު ބޭނުންކުރުމަށް ދަންނަވަން،" ފުލުހުން ވިދާޅުވެފައިވެއެވެ.