ރޭ މެންދަމު 12:00 އެހައިކަންހާއިރު ށ. މާއުނގޫދޫގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި މީހެއްގެ ބަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެެ. ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 12:44 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާ ވެފައިވަަނީ 25 އަހަރުގެ މީހަކަށާއި 31 އަަހަރުގެ މީހަކަށެވެ. ދެ މީހުންނަކީ ވެސް އެރަށު މީހުން ކަމަށް އެނގިފައިވެއެވެ. މި ދެމީހުންނަށް ވެސް މާއުނގޫދޫ ސިއްހީމަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރެއިން 31 އަހަރުގެ މީހާއަށް އިތުރުފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަަނީ ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާގެ ހާލު ވަރަށް ސީރިއަސް އެވެ. އެނގިފައިވާ ގޮތުގައި އެމީހާގެ ބަނޑަށް ހަރާފައިވަނީ ވަޅިއެކެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ މީހަކުވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލަ ވަރަށް ސީރިއަސް ކަމާއެކު ބަލަމުންދާ ކަމަށް ފުލުހުން ވިދާޅިވިއެވެ.