"ލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ބުރިޖަކީ މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން އަޅާ ބްރިޖެކެވެ.

ޕްލޭޭނިން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. "ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލް ތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01ގެ ކޮންކްރީޓް މަސައްކަތްވަނީ ފެށިފައެވެ. މި މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުންކުރަމުންނެވެ."

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ އިތުރުން އެގައުމުގެ އެހީއާއެކު ދިވެހިސަރުކާރުން ވެސް ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ. މިމަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮން ކުންފުނީންނެވެ. މިއީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. މިކަަމަށް ހަތް ބިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުވެއެވެ.