ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތައް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނީން މިއަދު ބުނީ އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 9,780 އަކަ މީޓަރުގެ ސރަހައްދެއްގެ ބިން ހިއްކުން
  • 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުން
  • 110 މީޓަރުގެ ބްރިޖެއް އެޅުން
  • 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުން
  • ޕޭވިން މަސައްކަތް ކުރުން
  • މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިއީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.