މ. ނިރުފެހިގޭގައި ހިންގަމުންދިޔަ ގަރާޖުގައި، ނޮވެމްބަރު ދިހަވަނަ ދުވަހުގެރޭ 12:27 އެހައިކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ދިހަ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެެއްޖެއެވެ.

ހަށިގަނޑު ދެނެގަނެވިފައިވަނީ:

  • އިންޑިއާ: 3 އަންހެނުން
  • އިންޑި: 4 ފިރިހެނުން
  • ބަނގްލަދޭޝް: 1 (އަންހެން)
  • ބަނގްލަދޭޝް: 1 (ފިރިހެން)

ކާކުކަން ދެނެގަނެވިފައިވަނުވަނީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ ތަހުގީގީ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.