ރޭ ފުުލުހުން ހިންގި މަސްތުވާތަކެތީގެ އާންމު އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރު ކޮށްފިއެވެ. މި މީހުން ހައްޔަރު ކޮށްފައިިވަނީ މާލެއާއި ހުޅުމާލެއިންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިިވަނީ 4 އަންހެނަކާއި 8 ފިރިހެނުން ކަމަށެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މީހުން ހައްޔަރު ކުރުމަށްފަހު އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހައްޔަރުކުރި އެންމެންނަކީވެސް ޕާޓީޕާޓީކުރަނިކޮށް އަތުލައިގެންފައިވާ މީހުންކަމަށް އެނގިފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް މީހުން ވެސް ހިމެނޭ ކަމަށް އެނގިފައިވެއެވެ.