ފެނަކައިން ހިންގާ ރަށްރަށުގެ އިންޖީނުގެތައް އައުކުރުމުގެ މަޝްރޫއުގެ ދަށުން މ. ނާލާފުށީގައި އަލަށް އިމާރާކޮށްފައިވާ އިންޖިނުގެއާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައި ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފި ކަމަށް ފެނަކައި ވިދާޅުވެއްޖެއެވެ.

ފެނައިން ވިދާޅުވީ ކުރިން އެރަށުގައި ހިންގި ގެދަބުޅި އިންޖީގެއަކީ 23 އަހަރު ވަންދެން ހިންގި އިންޖީނުގެއެއް ކަމަށެވެ. އެތަން ހިންގަމުން ދިޔައީ މީހުން އުޅޭ ގެތަކުގެ ތެރޭގައި ކަމަށެވެ.

އެރަށުގެ އައު އިންޖީނުގެ ހުޅުވީ ނޮވެމްބަރ 11 ވަނަދުވަހު 14:35 ގައެވެ. މުޅީން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށުމަކީ ފެނަކައާއި އެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. އެކުންފުނީން ގެންދަވަނީ ރަށްރަށުގައި ހުރި ދުވަސްވީ ބައު އިންޖީނުގެތައް ރީލޮކޭޓު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.