ފަރެސްމާތޮޑާއިން ފުރައިގެން އައްޑުއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ ބަންޑުންޖަހާލި ލޭންޑިންކްރާފްޓް (ލިއޯ ސަކްސެސް) އިން ދަތުރުކުރި 4 މީހުންގެ ތެރެއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަަަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން މިއަދު ފަށާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމްއެންޑީއެފުން އެމީހުން ވާދުއަށް ގެންދިޔައީ އިއްޔެ ހަވީރުއެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 12:50 އެހައިކަންހާއިރުއެވެ. ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ފަރެސްމާތޮޑާގެ ދެކުނުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.