މ. ނިރުފެހިގޭގައި ހިންގަމުންދިޔަ ގަރާޖުގައި، ނޮވެމްބަރު ދިހަވަނަ ދުވަހުގެރޭ 12:27 އެހައިކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ދިހަ މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ނޭނގިފައިވާ މީހާ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެއީ އިންޑިިއާ ފިރިހެނެއް ކަމަށެވެ. އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިންމިނިސްޓްރީއަށާއި އެމްބަސީތަކަށް ވާނީ އަންގާފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރުން ނިޔާވި މީހުންގެ ހަށިގަނޑު އެމީހެއްގެ ގައުމަށް ގެންދަން ބޭނުންވާ އާއިލާތަކާ ހަވާލުކުރުމުގެ މަސައްލަތް ފޮރިންމިނިސްޓްރީއާއި އެމްބަސީތަކާ ގުޅިގެން ކުރައްވަމުން ގެންދަވަނީ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހަށިގަނޑު ދެނެގަނެވިފައިވަނީ:

  • އިންޑިއާ: 3 އަންހެނުން
  • އިންޑި: 5 ފިރިހެނުން
  • ބަނގްލަދޭޝް: 1 (އަންހެން)
  • ބަނގްލަދޭޝް: 1 (ފިރިހެން)

މި ހާދިސާގެ ތަހުގީގީ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.