ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރިވެޓުމެންޓު ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެއެވެ. އެމްޓީސީސީން ބުނީ އެމަސައްކަތުގެ 94 ޕަސެންޓު މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 88,623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 50 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • ހާބަރ ޕޭވްމަންޓެއް ހެދުން
  • ރޭމްޕެއް ހެދުން
  • ބްރިޖެއް އެޅުން
  • ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.