ގދ. ފަރެސްމާތޮޑާއިން ފުރައިގެން އައްޑުއަށް ދަތުރުކުރަނިކޮށް ދިޔަވުމުގެ ސަބަބުން ބަންޑުންޖަހާލި ލޭންޑު ކްރާފްޓުން ގެއްލުމު މީހާ ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށްދިޔަ ކަމަށް ދިވެހި ސިފައިން ވިދާޅުވެއްޖެއެވެ.

ސިފައިން ބުނެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން މިއަދު ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ވެސް ކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ހިލަމެއް ވެސް އަދި ވެފައެއް ނުވެއެވެ.

ގެއްލުނު މީހާ ހޯދުމަށް މިއަދުގެ އިރުއޮއްސުމާ ހަމައަށް ވައިގެ މަގުންނާއި ކަނޑުމަގުން 900 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް މާދަމާ ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.