ހުޅުމާލޭ ފޭސް އެކެއްހައި ސަރުކާރުން ހިންހާ ރެހެންދި ސްކޫލުގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވުމުގެ މައުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ސްކޫލަށް ގޮސް ހެނުދު 07:19 އެހައިކަންހާއިރު ވަނީ އަލިފާން ނިއްވާލާފައި ކަމަށް އެމްއެންޑީއެފުންވިދާޅުވިއެވެ. ހާދިސާ ހިނގީ ހެނދުނު 6:30 އެހައިކަންހާއިރުއެވެ.

މިހާދިސާގައި އެއްވެސް މިހަކަށް އަނިޔާއެއް ނުވެއެވެ. އަލިފާން ރޯވީ ސްކޫލުގެ ގަރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯރ ގައެވެ. ރޯވެފައިވަނީ ކަރަންޓް ބޯޑުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސްކޫލުގެ މިއަދުގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ. މި ހާދިސާގައި ސްކޫލަށް މާބޮޑު ގެއްލުމެއް ވެފައެއް ނުވާކަމަށް ވެސް އެނގިފައިވެއެވެ. އެހެނަސް ބައެއް ފުލޯތަކުން ކަރަންޓު ގޮސްފައިވެއެވެ. އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި ޓީޗަރަކަަށް ވެސް އަނިޔާއެއް ނުވެއެވެ.