ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެމަސައްކަތް ކުރާ ސަރަހައްދު އިއްޔެވަނީ ތައްޔާރު ކުރެވިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގައި ހިމެނެނީ 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތެވެ.

މިއީ 36.13 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ކަނޑުއޮތްގިރީގެ ބަނދަރު ތަރައްގީކޮށް ނިމުން އެތަނަށް ކައިރިކުރާ އުޅަނދުފަހަރަށް އެތައްގުނައެއް ފަސޭހަވެގެންދާނެއެވެ.