މިއަހަރުގެ ރިވެލި މައުރަަޒު މިއަދު ހުޅުވައިފިއެވެ.

ރިވެލި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ބާއްވާ މައުރަޒެެކެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތެކެވެ.

ދަރުބާރުގޭގައިި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެކަމަނާގެ އަރިހުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް 5 ދާއިރާއަކުން ހުށަހަޅާފައިވެއެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ކާބޯތަކެތީގެ ދާއިރާ، ކުރެހުމުގެ ދާއިރާއާއި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ.

މި މައުރަޒުގައި 95 ބައިވެރިންގެ އެފެއްދުންތައް ދައްކާލާފައިވެއެވެ. މިއުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައި ކަމަށް ޖެންްޑަަރ މިނިސްޓްރީން ވިދާޅުވިއެވެ.

މައުރަޒު ކުރިއަށްދާނީ ނޮވެމްބަރ 14 އިން 15 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.