ޓެކްސް ބިލް މިހާރުއޮތް ގޮތަށް ފާސް ނުކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި މެންދުރު ބޭއްވި އިހުތިޖާޖުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީސްކުރާގޭގެ ދޮރުމަތީގައެވެ. މިއަދު ހައްޔަރު ކޮށްފައިވާ މީހުންގެ އެއްވެސް މައުލޫމާތެއް އެ ކޯލީޝަނަނުން ދީފައެއް ނުވެއެވެ.

މި ހަރަކާތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ވަގުތުން ދޫކޮށްލުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ޕީޕީއެމް/ޕީއެންސީއިން ރޭ ބޭއްވި ހަރާތުގައި ވެސް ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް އެމީހުން މިހާރުވަނީ ދޫކޮށްލައިފައެވެ.