އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިތުރު ފަތުރުވެރިއަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ އުކުޅަހު ނަލަވެލި ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިޔާ މިއަދު ނެގި ސާމްޕަލުން ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އެ ފަތުރުވެރިޔާ ކަރަންޓީން ކުރުމާއި، އޭނާއާ ސީދާގޮތުން ދިމާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ގެސްޓުހައުސްތައް ހުޅުވާލިފަހުން އުކުޅަހުން ކޮވިޑަށް ޕޮޒިޓިވްވި ތިން ވަނަ ފަތުރުވެރިއާއެވެ. އެރަށުން ފުރަތަމަ ފަތުވެރިއަކު ބައްޔަށް ޕޮޒިޓިވްވީ މިދިޔަ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހެވެ. އަދި ދެ ވަނަ ފަތުރުވެރިއަކު ނޮވެމްބަރު 27 ވަނަ ދުވަހު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މި އެންމެންވެސް ތިބީ އެކަހެރިކޮށްފައެވެ.

މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ.