ކޮވިޑް-19 އާއި ދެކޮޅަށް އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އިނގިރޭސިވިލާތުގައި މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

އެގޮތުން މި ވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ އުމުރުން 90 އަހަރުގެ އަންހެނަކަށެވެ. މި ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ނިންމާފައިވަނީ ހައި ރިސްކު މީހުންނަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދިނުމަށްޓަކައި މޮބައިލް މަރުކަޒުތަކެއް ވަނީ ގާއިމުކޮށްފަ އެވެ. ފުރަތަމަ ފިޔަވަހި 50 އަހަރުން މަތީ މީހުންނަށް އަމާޒުކުރި ނަމަވެސް، އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައި ވަނީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު އުމުރުފުރާ، 80 އަހަރުން މަތީ މީހުންނަށާއި ސިއްހީ އެހީތެރިންނަށެވެ.

އެގޮތުން މި މަސް ނިމޭއިރު އެގައުމުގެ ހަތަރު މިލިއަން މީހުންނަށް މި ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. ޔޫކޭ އަކީ މި ވެކްސިން ބޭނުން ކުރަން ފެށި ފުރަތަމަ ގައުމެވެ.